އެވިޑް ކޮލެޖުގައި ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް ތަކުރާރުކޮށް ސެޓްފިކެޓު ދޫކުރުމާ ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖު ޖޫރިމަނާކޮށްފި އެވެ.
އެމްކިއުއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ކުރީކޮޅު ވެސް ރަޖިސްޓްރީ ނުކުރާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައިގައި އެ ކޮލެޖަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެކަން ހުއްޓާނުލައި އަނެއްކާވެސް ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާތީ، އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ދެވަނަ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ ޖޫރިމަނާކޮށްފަ އެވެ.
މީގެ އިތުރުން އެމްކިއުއޭއިން ވަނީ ގަވާއިދާ ހިލާފަށް މިފަދަ ކަންކަން ކުރުމަކީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ އިތުބާރު ގެއްލި، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމެއްކަން ފާހަގަކޮށް، މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އަންގާފަ އެވެ.
ކޮމެންޓު ފޮނުވާ