ސްކޭމް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދެފި

ސްކޭމް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދެފި

Author
އަހުމަދު
19 ޖޫން 2026 10:21
0

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ (ސްކޭމް) މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ މި މީހާއަކީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އަދި ކާކުކަން ކަށަވަރު ކުރެވިފައި ނުވާ މީހެކެވެ. އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ލަސްނުކޮށް އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ކުށްވެރިން ހޯދުމަށް އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، އެ އިދާރާއިން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.