އެމްއެންޑީއެފްގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން ކުއްލި ގޮތަކަށް ނިޔާވެއްޖެ

އެމްއެންޑީއެފްގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
އަހުމަދު
18 ޖޫން 2026 02:53
0

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގައި ގިނަ ދުވަސްތަކަކު ޚިދުމަތްކުރެއްވި ސާޖަންޓް ފަސްޓް ކްލާސް ހުސައިން ޢަބްދުއްރަޙުމާން މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މަރުހޫމް ހުސައިން ވަނީ ސިފައިންގެ އިދާރާގައި 21 އަހަރާއި 7 މަހާއި 16 ދުވަހު ވަރަށް އިޚްލާސްތެރިކަމާއެކު ގައުމަށް ޚިދުމަތްކޮށްދެއްވާފައެވެ. އޭނާ ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން މުޅި މުއައްސަސާއަށާއި އާއިލާއަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން އާއިލާއަށް ތައުޒިޔާ ފޮނުއްވާފައިވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުސައިން ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ.

އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރުހޫމްގެ އާއިލާއަށާއި އެންމެހައި ސިފައިންނަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވައި، މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ވަނީ ދުޢާ ދަންނަވާފައެވެ. މީގެ އިތުރުން، އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވެސް ރައީސް ވަނީ ދުޢާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.