އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވަނީ ކޮން ރަށްތަކެއްގައިކަމާއި، އެ މަޝްރޫއުތައް އަލުން ފަށައި ނިންމާނެ ތާރީޚުތަކުގެ ތަފްސީލުތައް ވަޒީރުގެ ފަރާތްޕުޅުން ސާފުކޮށްދެއްވުމަށެވެ.
ކޮމެންޓު ފޮނުވާ