އިންޑިއާގެ މެޑިކަލް އެންޓްރެންސް އިމްތިހާނުގައި ދަރިވަރުން މަކަރުހަދަން ބޭނުންކުރާކަމުގެ ތުހުމަތާއެކު، އެ ގައުމުގައި ޓެލެގްރާމް ވަގުތީގޮތުން މަނާކޮށްފިއެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅު އަޅަން ނިންމީ ޓެލެގްރާމް ގްރޫޕްތައް މެދުވެރިކޮށް އިމްތިހާނުގެ ސުވާލު ކަރުދާސްތަކާއި، އެކި ކަހަލަ ފޭކު ކަރުދާސްތައް ދައުރުކުރަމުންދާތީ ކަމަށެވެ. މިއީ ދަރިވަރުންނަށް އޮޅުވާލުމަށް ބަޔަކު ހިންގަމުންދާ އަމަލުތަކެއް ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، އިމްތިހާނުގެ ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށާއި، ކެންޑިޑޭޓުންނަށް ކުރިމަތިވެދާނެ މަކަރާއި އޮޅުވާލުންތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މުޅި އިންޑިއާގައި ޓެލެގްރާމް ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފައެވެ.
ކޮމެންޓު ފޮނުވާ