ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ރޭ 23:59 އަށް ހަމަވާނެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިން މި މުއްދަތު ހަމަވާ ގޮތަށް ކަނޑައަޅާފައި އޮތީ މިދިޔަ މަހުގެ ނިޔަލަށެވެ. ނަމަވެސް، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ރަށުން ބޭރަށް ދަތުރުކުރި ފަރާތްތަކަށާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ލިޔެކިޔުންތައް ހޯދުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވުމުން، އެ ވުޒާރާއިން ވަނީ ފޯމުލުމުގެ މުއްދަތު އިތުރުކޮށްދީފައެވެ. ސަރުކާރުން މިހާރު ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ރެއަށް މި މުއްދަތު ހަމަވުމަށްފަހު ދެން އިތުރު ފުރުސަތެއް ނުދޭނެއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" މި ސިޔާސަތުގެ ދަށުން މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިއުލާނުކުރި މި ބޮޑު މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ސްކީމްތަކާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުމަށް ގާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ ހިދުމަތް މެދުކެނޑުމަކަށްފަހު މިހާރު އަލުން ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ