އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި

Author
އަހުމަދު
14 ޖޫން 2026 10:29
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމްލަ 31،129 މީހުން ވޯޓުލާފައިވާއިރު، ރައީސް ނަޝީދަށް ވަނީ 21،301 ވޯޓު ލިބިވަޑައިގެންފައެވެ. އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަޙްމަދު ނަސީމަށް 9،462 ވޯޓު ލިބިވަޑައިގެންނެވިއިރު، ތިންވަނައަށް ވާދަކުރެއްވި އިބްރާހީމް މުޙައްމަދަށް ލިބިފައިވަނީ 132 ވޯޓެވެ. މި އިންތިޚާބުގައި 50،000 އަށްވުރެ ގިނަ މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.

އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިންވެސް ކާމިޔާބީ ޔަގީންވުމާއެކު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިއީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބީއަށްފަހު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، ފާއިތުވި އަހަރުގެ ޖޫން މަހު އަލުން ޕާޓީއާ ގުޅިވަޑައިގެން އެމަނިކުފާނު ހޯއްދެވި ވަރަށް ބޮޑު ސިޔާސީ ކާމިޔާބީއެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.