މަރުހޫމް ޢާސިފްގެ އާއިލާއާ ސީޕީ ބައްދަލުކުރައްވައިފި

މަރުހޫމް ޢާސިފްގެ އާއިލާއާ ސީޕީ ބައްދަލުކުރައްވައިފި

Author
އަހުމަދު
13 ޖޫން 2026 09:21
0

ފުލުހުންގެ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިޔާ ރައްދުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޢާސިފް ވަކިވެދިއުމަކީ މުޅި ގައުމަށާއި އާއިލާއަށް ލިބުނު ފުން ހިތާމައެއްކަން ފާހަގަކުރައްވައި، އޭނާ ގައުމަށް ކޮށްދެއްވި އިހުލާސްތެރި މަސައްކަތާއި ސާބިތުކަމުގެ އަގުވަޒަންކުރެއްވިއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ބޭނުންވާނެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާނާއި، މުޅި ފުލުހުންގެ މުއައްސަސާގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސްގެ އަމިއްލަ ނަންފުޅުގައި ވެސް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ސީޕީ ވިދާޅުވީ، މަރުހޫމް ޢާސިފް ގައުމަށް ކޮށްދެއްވި ޚިދުމަތާއި ވެވަޑައިގަތް ގުރުބާނީ، ދިވެހި ފުލުހުން އަބަދުވެސް ޝަރަފާއި އިހުތިރާމާއެކު ހަނދާންކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.