އެމެރިކާގެ އެއާޕޯޓެއްގައި އިރާގު ޓީމުގެ ތަރި އައިމަން ގިނަ އިރުތަކަކަށް ހިފަހައްޓައިފި

އެމެރިކާގެ އެއާޕޯޓެއްގައި އިރާގު ޓީމުގެ ތަރި އައިމަން ގިނަ އިރުތަކަކަށް ހިފަހައްޓައިފި

Author
އަހުމަދު
07 ޖޫން 2026 10:24
0

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް އެމެރިކާއަށް ދިޔަ އިރާގު ގައުމީ ޓީމުގެ މުހިންމު ފޯވާޑް އައިމަން ހުސައިން، ޝިކާގޯ އެއާޕޯޓުގައި ގިނަ އިރުތަކެއް ވަންދެން ހިފަހައްޓައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 30 އަހަރުގެ އައިމަން އެއާޕޯޓުގައި ހަތް ގަޑިއިރު ވަންދެން ވަނީ ހިފަހައްޓާފައެވެ. އެ ވަގުތުގެ ތެރޭގައި އެމެރިކާގެ ބޯޑަރު އޮފިޝަލުން ވަނީ އޭނާއާ ގިނަ ސުވާލުތަކެއްކޮށް، އޭނާގެ މޮބައިލް ފޯނުވެސް ފާސްކޮށްފައެވެ. ނަމަވެސް ގިނަ އިރުތަކަކަށްފަހު އޭނާއަށް ވަނީ އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދީފައެވެ. މީގެ އިތުރުން، މި ދަތުރުގައި ބައިވެރިވި ޓީމުގެ ރަސްމީ ފޮޓޯގްރާފަރު ތަލާލް ސަލާހް 10 ގަޑިއިރު ވަންދެން ހިފެހެއްޓުމަށްފަހު، އެ ގައުމަށް އެތެރެވިޔަނުދީ ވަނީ އަނބުރާ ފޮނުވާލާފައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އައިމަން އެއާޕޯޓުގެ އެތެރޭގައި ތާށިވެފައި ހުރިއިރު، އެކަން ނޭނގި ގިނަ އަދަދެއްގެ އިރާގު ސަޕޯޓަރުން ދިޔައީ އެއާޕޯޓު ބޭރުގައި ގައުމީ ދިދަ ހިފައިގެން ޓީމަށް މަރުހަބާ ކިޔުމަށް އުފާފާޅުކުރަމުންނެވެ. އައިމަން އަކީ 40 އަހަރުގެ މެދުކެނޑުމަކަށްފަހު އިރާގަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. މިފަހަރުގެ މުބާރާތުގައި އިރާގު ލައްވާލާފައިވަނީ ވަރުގަދަ ފްރާންސާއި، ސެނެގޯލް އަދި ނޯވޭއާއެކު ގްރޫޕް 'އައި' ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.