ހިތަދޫ އތުރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލެވޭ ވަގތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތރު ކޮށްފި އެވެ.
ކުރިން ހަވީރު 4:00 ގއި ނިންމަން ހމަޖެހިފައ އޮތް ވޯޓުލުން، ހަވީރު 5:00 ގެ ނޔަލަށް ކރިއަށް ގެންދން ނިންމީ، ގަޑި ހަތަރެއް ޖހިއިރު ދާއރާގެ ރަޖިސްޓަރީ ވޯޓަރުންގެ 70 ޕަސެންޓް ކަމަށްވާ 2،899 ވޓު ލިބިފައި ވަނިކޮށެވެ. ވޯޓުލުމގެ ހައްގު ލިބިފައވަނީ ޖުމްލ 4،121 މީހުންނަށެވެ.
ވޯޓު ފޮށިތއް ބެހެއްޓާފައި ވަނީ ހިތަދޫ ސކޫލާއި ދަރުމވަންތަ ސްކޫލްގަ އެވެ. ހިތަދޫ ސްކޫލްގައި ފަސ ފޮށި ހުރި ނމަވެސް، މލޭގައި ދިރިއުޅޭ ދާއިރާ ރައޔިތުން ވޯޓުލަނީ ދަރުމަވަންތަ ސްކޫލްގައ ހުރި ދެ ފޮއްޓަށެވ.
މި ބައި އިލކްޝަން ބާއްވަން ޖެހުނީ ލޯނެއްގެ މައްސަލާގައ ޕީއެންސީ މެމްބަރު އަހުމަދު ސިނާންގެ ގޮނޑި ސުޕްރީމް ކޯޓުން ގެއްލިފއިވާ ކަމަށް ކަނޑައޅުމުންނެވެ. ގޮނޑިއަށ ވާދަ ކުރަނީ ޕީއެންސީގެ ފަރާތން އަހުމަދު ސައީދު (ސޮޑާ) އާއި، އިދކޮޅު އެމްޑީޕީގެ ފަރާތުން ކުރީގެ އައްޑޫ ސޓީ މޭޔަރު އަބްދުﷲ ސދިގު (ސޯބެ) އެވެ.
ކޮމެންޓު ފޮނުވާ