މިއަހަރުގެ ކުށުގެ ތަފާސްހިސާބު: އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް

މިއަހަރުގެ ކުށުގެ ތަފާސްހިސާބު: އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް

Author
އަހުމަދު
06 ޖޫން 2026 03:31
0

މިއަހަރުގެ މިހާތަނަށް ފުލުހުންނަށް 5،000 އަށްވުރެ ގިނަ ކުށުގެ މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 5،226 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން ވައްކަމުގެ 1،492 މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހިނގާފައިވަނީ މަގުމަތީގެ އެކްސިޑެންޓުތަކެވެ. އެގޮތުން 1،380 އެކްސިޑެންޓެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ 867 މައްސަލައާއި، ތަކެތި ގެއްލުމުގެ 448 މައްސަލައާއި، މާރާމާރީގެ 289 މައްސަލަ ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އަދި މުދަލަށް ގެއްލުންދިނުމާއި، ގެވެށި އަނިޔާއާއި، ޚިޔާނާތާއި، ޖިންސީ ގޯނާގެ އިތުރުން ފޭރުމާއި މަކަރުހެދުމުގެ މައްސަލަތައް ވެސް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

މިއަހަރުގެ މަސްތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވަނީ ޖަނަވަރީ މަހުގައެވެ. އެމަހު އެކަނިވެސް 1،108 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ފަހުން ފެބްރުއަރީން ފެށިގެން އެޕްރީލްގެ ނިޔަލަށް ކޮންމެ މަހަކުވެސް 800 އާއި 1000 އާ ދެމެދުގެ އަދަދަކަށް މައްސަލަތައް ރިޕޯޓުކޮށްފައިވާއިރު، މޭ މަހު އެ އަދަދު ވަނީ 1،049 އަށް އަރާފައެވެ. އަދި ހިނގަމުންދާ ޖޫން މަހުގެ މިހާތަނަށް 125 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

މުޖުތަމަޢުގެ އަމާންކަން ކަށަވަރުކުރުމަށާއި، ނުރައްކާތެރި ކުށްތަކާއި މަގުމަތީގެ ހާދިސާތައް މަދުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އާންމުން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ވެސް ފުލުހުން މެދުކެނޑުމެއްނެތި ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.