ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Author
އަހުމަދު
06 ޖޫން 2026 11:09
0

މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހޯދުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި ރެއިޑް އޮޕަރޭޝަންގައި ޖުމްލަ 17 ބިދޭސީއެއް ވަނީ ބަލައި ފާސްކޮށްފައެވެ. މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަދި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ފަށާފައިވާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގި ހަރަކާތެކެވެ. މިފަދަ އޮޕަރޭޝަންތަކުގެ ތެރެއިން، ބިދޭސީން ހިންގަމުންދިޔަ ގިނަ ވިޔަފާރިތަކެއް މީގެ ކުރިންވެސް ވަނީ ބަންދުކޮށްފައެވެ.

ބިދޭސީންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ދާދިފަހުން ހާމަކުރެއްވި ގޮތުގައި، އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް ގަވާއިދާ ހިލާފަށް އަދިވެސް 2،933 ބިދޭސީން ރާއްޖޭގައި އުޅެމުންދެއެވެ. އެ ފަރާތްތައް ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.