އަންހެނަކު އެހެން މީހަކަށް ވިއްކާލާނެކަމަށް ބުނެ، އޭނާގެ ކުރީގެ ފިރިމީހާ އިންޒާރުދީ ބިރުދެއްކި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށެވެ. ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތާ ހަވާލާދީ ފުލުހުން ބުނީ، މި މައްސަލައިގެ މައިގަނޑު ކަމަކީ އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާނެކަމަށް ބުނެ އިންޒާރުދިނުން ކަމަށެވެ.
ނަމަވެސް، މި މައްސަލައިގައި ޖިންސީ ގޯނާކުރުމުގެ އެއްވެސް ތުހުމަތެއް ހިމެނިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުން، އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ އެއްވެސް އަމަލެއް ހިންގާފައިވާކަމުގެ ތުހުމަތެއްވެސް މި މައްސަލައިގައި ނެތްކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ