ވާޖިބު އަދާކުރަން އުޅުނު ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ލ. މާބައިދޫ، ފެނޭބާ، އުމުރުން 34 އަހަރުގެ އައިޝަތު ޝާމުނާއެވެ.
ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ފުލުހުން އެ ސަރަހައްދަށް ހާޒިރުވީ މާރާމާރީއެއް ހިންގާކަމުގެ ރިޕޯޓު ލިބިގެންނެވެ. އަދި އެ މައްސަލަ ހައްލުކުރަން އެތަނަށް ދިޔަ ފުލުސް މީހާގެ ގައިގައި އޭނާ ވަނީ ޖަހައި ހަމަލާދީފައެވެ.
މި މައްސަލައިގައި ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާކަމަށް ޝާމުނާ ކޯޓުގައި ބުނެފައިވާއިރު، މައްސަލައިގެ އިތުރު ތަފްސީލެއް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ