އއ. ތޮއްޑޫގައި ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅުން މަނާކޮށްފި

އއ. ތޮއްޑޫގައި ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅުން މަނާކޮށްފި

Author
އަހުމަދު
02 ޖޫން 2026 10:20
0

އއ. ތޮއްޑޫގައި ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅޭ ހުރިހާ ތަންތަނެއް ބަންދުކޮށް، އެ ވަގުތުތަކުގައި ކުޅިވަރު ކުޅުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ.

ތޮއްޑޫ ކައުންސިލުން އާންމުކުރި އެންގުމެއްގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓު އަދި ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ރޭގަނޑު 20:00 އާ ދެމެދު ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 14:00 އަށްވެސް ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ކުޅުން ވަނީ މަނާކޮށްފައެވެ. މި އުސޫލު ތަންފީޒުވަމުންދާތޯ ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ވަނީ ދެ ފަރާތަކާ ހަވާލުކޮށްފައެވެ.

ތޮއްޑޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރު ކުޅޭ މައިދާންތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ދާދި ފަހުން ވިދާޅުވެފައެވެ. އަދި ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.