ނާޒިމްގެ އިސްތިއުފާއަށްފަހު، މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވަން މިއަދު މެންދުރުފަހު ހާއްސަ ޖަލްސާއެއް

ނާޒިމްގެ އިސްތިއުފާއަށްފަހު، މަޖިލީހުގެ އާ ނައިބު ރައީސަކު ހޮވަން މިއަދު މެންދުރުފަހު ހާއްސަ ޖަލްސާއެއް

Author
އަހުމަދު
31 މެއި 2026 10:12
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރުމަށް މިއަދު މެންދުރުފަހު 1:00 ގައި މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހެނދުނުގެ ޖަލްސާއަށް ތާވަލްކޮށްފައި ވަނިކޮށް، ކުއްލި ގޮތަކަށް ފޮނުއްވި ސިޓީއަކުންނެވެ. ނާޒިމްގެ އިސްތިއުފާއާއެކު، ހެނދުނުގެ ޖަލްސާގެ އެޖެންޑާގައި އިތުރު މަސައްކަތެއް ނެތުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ޖަލްސާ ނިންމަވާލައްވާފައެވެ.

ނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން މަޖިލީހުގެ ރައީސް ވަނީ މިއަދު މެންދުރުފަހު އިތުރު ޖަލްސާއެއް ބާއްވަން ނިންމެވިކަން އިއުލާންކުރައްވާފައެވެ. އެ ޖަލްސާގެ ރަސްމީ އެޖެންޑާ އާންމުކޮށްފައި ނުވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އެ ޖަލްސާގެ މައިގަނޑު މަގުސަދަކީ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އާ ބޭފުޅަކު އިންތިހާބު ކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.