މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
28 މެއި 2026 05:15
0

ފުލުހުން މާލެ އާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، މާލެ އާއި ހުޅުމާލެ ހިމެނޭގޮތަށް ޖުމްލަ ފަސް އެޕާޓްމަންޓެއް ވަނީ ބަލައި ފާސްކޮށްފައެވެ. މިތަންތަން ފާސްކުރުމުގެ ތެރެއިން 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.

ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، މުތީހައުސް، އަޙްމަދު ޖިނާޙު (43އ) އާއި، ހއ. ހޯރަފުށި، ސައިމާގެ، އަޙްމަދު ސަޢީދު (28އ) އާއި، ގދ. މަޑަވެލި، ހައުސްޓަން، މުޙައްމަދު އަނޫފް ޢަލީ (27އ) ގެ އިތުރުން ގދ. ހޯޑެއްދޫ، އަބުމާގެ، އަޙްމަދު މަޢީޝް ރަޝީދު (28އ) އެވެ. މި އެންމެންގެ މައްޗަށްވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޖިނާޙު އާއި ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އަނޫފް އާއި މަޢީޝްގެ ބަންދަށް ދީފައިވަނީ ފަސް ދުވަހެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.