އީދު ބަންދާ ގުޅިގެން މެއި މަހުގެ މުސާރަ 28 އަދި 31 ގައި ޖަމާކުރަނީ

އީދު ބަންދާ ގުޅިގެން މެއި މަހުގެ މުސާރަ 28 އަދި 31 ގައި ޖަމާކުރަނީ

Author
އަހުމަދު
26 މެއި 2026 08:04
0

މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 އަދި 31 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އަޟްހާ އީދުގެ ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައިވާއިރު، އީދު ބަންދަށްފަހު ދެން އޮފީސްތައް އަލުން ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް ބޭންކްތައް މި މަހުގެ 28 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާތީ، އެ ދުވަހުގެ އިތުރުން ސަރުކާރު ހުޅުވޭ ދުވަސް ކަމަށްވާ 31 ވަނަ ދުވަހު މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނާގޮތުން ކޮންމެ މަހެއްގެ މުސާރަވެސް އެ މަހެއްގެ ރަސްމީ ބަންދުނޫން ފަހު ތިން ދުވަހުގެ ތެރޭގައި ދޫކުރަން ޖެހޭނެއެވެ. އެހެންކަމުން، މި ބަދަލާއެކުވެސް މުސާރަ ދޫކުރަމުންދާނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.