ހުޅުމާލެ ފޭސް 1 ގައ ކޮވިޑް ފެސިލިޓީއެއގެ ގޮތުގައި ބޭނުންކުރި އމާރާތް، ހުޅުމާލެ ޖަލުގެ ހަވނަ ޔުނިޓްގެ ގޮތުގައި ރަސމީކޮށް ބޭނުންކުރަން ފަށައިފއެވެ.
އެ ތަން ހުންނަނީ ހުޅުމާލޭގައި އަލަށް ހެދި ކްރިމިނަލ ކޯޓާ ޖެހިގެން، ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައެވެ. ޖުމލަ 140 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތަރައްގކުރި ނަމަވސް، މިއަދު ބޭނުންކުރަން ފެށީ 16 މީހންގެ ޖާގައިގެ އެއް ސލް ބްލޮކެކެވެ.
ހުޅުމލެ ޖަލުގެ ޑިރެކްޓަރު، ޑޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ޖާދުﷲ ވިދޅުވީ، ބޮޑުތަކުރުފާނު މގުގައި ހުރި މާލެ ޖަލު ބަންދުވުމާ ގުޅިގެން ޖަލުތަކުގެ ޖާގަ އިތރުކުރުމަށް ސަރުކާރުން ހާއްސަ މސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އިމާރާތުގެ ބާކީ ހުރި ބައތަކުގެ މަސައްކަތް ނިންމައި، އަންނަ ސެޕްޓެމްބރު މަހުގެ ތެރޭގައި އއްކޮށް ބޭނުންކުރެވޭނެ ކަމަށް ވެސް ޖދުﷲ ވިދާޅުވިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަރު އމިނަތު ޔުސްރީން ވދާޅުވީ، ކޮންމެ ޔުނިޓެއްގައ ފަސް ސެލް ބްލޮކް ހިމެނޭ ކަމަށާއި، ގައިދީން ބައިތިއބާ ކޮޓަރިތަކަކީ އޭސީކޮށް ފެންވަރު ރަނގަޅަށް ތައޔާރުކޮށްފައިވާ ތަންތަން ކަމށެވެ. އެ ތަނުގައި ތިބނީ މާލެ ސަރަހައްދުގައި އެކި މަސައްކަތްތަކުގައ އުޅޭ ގައިދީންނާއި، ބޭސްފަރުވާއަށް ގެންނަ ގައިދީންނެވެ. ތނުގެ ގިނަ މަސައްކަތްތައް ކރަނީ ގައިދީންނާއި ކރެކްޝަންސް އޮފިސަރުން ގުޅިގެން ކަމަށް ވެސ ޔުސްރީން ވިދާޅުވިއވެ.
މާލެ ޖަލަކީ ކުރިން ޓްރާންސިޓް ޖަލެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. ނަމަވެސް ހުކުމް ތަންފޒުކުރާ ބައެއް ގައިދންނާއި، ޝަރީއަތ ނިމެންދެން ބަންދުގައި ތިބި މީހުން ވެސް ބޭތިއްބއެވެ. އެ ތަން ބަންދުކުރީ ޖަލާ ޖެހިގެން ހެދި ދަރުމަވަންތަ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ތަރައގީކުރުމަށް ޖަލުން ބއެއް ދޫކޮށްލަން ޖެހުމުންނެވެ.
ކޮމެންޓު ފޮނުވާ