ހުޅުމާލޭ ސްޓެލްކޯ ސަރަޙައްދުން ފަޅުތެރެއަށް ފޭބި ފަހުން ގެއްލިގެން ހޯދަމުންދިޔަ މީހާ ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ކ. ގުރައިދޫ، ރަތްވިލާގެ، އުމުރުން 48 އަހަރުގެ އިބްރާހީމް ޝާކިރެވެ. އޭނާ ގެއްލިފައިވަނީ ރޭ އިރުއޮއްސި 18:30 ހާއިރު، ހުޅުލޭ ސީޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބިފަހުންނެވެ.
ޝާކިރު ގެއްލުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި މެރިން ޕޮލިސް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑު ހުޅުމާލެ ފަޅުތެރެއިން މޫދު އަޑިން ފެނިފައިވަނީ މިއަދު ހެނދުނު 08:25 ހާއިރުއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
ކޮމެންޓު ފޮނުވާ