ޗެއަރޕާސަން ކަމަށް ހޮވިއްޖެނަމަ ކައުންސިލް އިންތިޚާބުގެ ފީ އަނބުރާ ދޭނަން: މީކާއީލް

ޗެއަރޕާސަން ކަމަށް ހޮވިއްޖެނަމަ ކައުންސިލް އިންތިޚާބުގެ ފީ އަނބުރާ ދޭނަން: މީކާއީލް

Author
އަހުމަދު
21 މެއި 2026 01:59
0

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފިނަމަ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓުން އަމިއްލައަށް ދެއްކި ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް، އެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވައުދުވެވަޑައިގެންފިއެވެ.

މީކާއީލް މިކަން ހާމަކުރެއްވީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިއަދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ޕާޓީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކައުންސިލް އިންތިޚާބުގައި ޕާޓީން ކެންޑިޑޭޓުންގެ ފީ ހަމަޖައްސައިދީފައި ނުވާއިރު، މީކާއީލްގެ އެންމެ ބޮޑު އެއް އަމާޒަކީ އެމްޑީޕީގެ މާލީ ކަންކަން މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް މެނޭޖުކުރުމެވެ.

އޭނާގެ ކެމްޕެއިން މެނިފެސްޓޯ ކަމަށްވާ "އިތުބާރު" ގެ އެންމެ މުހިންމު އެއް ތަނބަކީ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެމްޑީޕީއަކީ މާލީ ގޮތުން ފުދުންތެރި އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މިނިވަން ޕާޓީއަކަށް ހެއްދެވުން ކަމުގައި މީކާއީލް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.