އިޓާލިއަން ކަޕުގެ ގަދަ އަށަކަށް އިންޓަމިލާން

އިޓާލިއަން ކަޕުގެ ގަދަ އަށަކަށް އިންޓަމިލާން

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 12:51
0

ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލުން އިންޓަރ މިލާން ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ކްއާާޓަރ ފައިނަލުން އިންޓަރ ޖާގަހޯދީ ފިއޮރެންޓީނާ އާ ރޭ ބައްދަލުކުރި މެޗް 2 ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު މެެޗްގެ 40 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިކާބުކޮށްދިނީ އިންޓަރގެ އަރުތޫރޯ ވިދާލްއެވެ. ނަމަވެސް ފިއޮރެންޓީނާގެ ކްރިސްޓިއަން ކޮއުއާމޭ ވަނީ މެޗްގެ 57 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރިވެފައި އޮތުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އިންޓައިން ލީޑު ނަގާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މި މެޗުން އިންޓަ މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ލުކާކޫއެވެ.

މިކާމިޔާބީއާއެކު އިންޓަރ މި މުބާރާތުގެ ކްއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާއިރު ކްއާޓަރ ފައިނަލްގައި އެޓީމް ވާދަކުރަން ޖެހެނީ ވާދަވެރި އޭ.ސީ. މިލާން އާއެވެ. މިލާން ކްއާޓަރ ފައިނަލުން ޖާގަހޯދީ ޓޮރީނޯއާ ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ނާޕޮލީވެސް ވަނީ ބުދަ ދުވަހުގެރޭ އެމްޕޯލީ ބަލިކޮށް ކުއާޓާއިން ޖާގައެއް ކަށަވަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.