ރައީސް އާއި ނައިބު ރައީސްގެ މާލީ ބަޔާން: ނައިބުގެ އެކައުންޓުގައި 8،000ރ، ރައީސަށް 7 ލައްކައިގެ އާމްދަނީއެއް

ރައީސް އާއި ނައިބު ރައީސްގެ މާލީ ބަޔާން: ނައިބުގެ އެކައުންޓުގައި 8،000ރ، ރައީސަށް 7 ލައްކައިގެ އާމްދަނީއެއް

Author
އަހުމަދު
19 މެއި 2026 11:18
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ މާލީ ބަޔާން އާންމުކުރައްވައިފިއެވެ.

އިއްޔެ އާންމުކުރެއްވި މާލީ ބަޔާންތަކުން ދައްކާ ގޮތުގައި، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ނައިބު ރައީސް ޙުސައިންއަށް މުސާރައިގެ ގޮތުގައި 314،664.07 ރުފިޔާ ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި މިހާރު ހުރީ ޖުމްލަ 8،000 އެއްހާ ރުފިޔާއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓެއްގައި 8390 ރުފިޔާ އާއި މައިނަސް 61 ޑޮލަރު ހުރިއިރު، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓުގައި ހުރީ 39 ރުފިޔާ އާއި 397 ޑޮލަރެވެ. މީގެ އިތުރުން އެމަނިކުފާނުގެ ނަންފުޅުގައި އެއްވެސް މުދަލެއް، ވިޔަފާރިއެއް އަދި ދައްކަވަންޖެހޭ ލޯނެއް ނުވަތަ ދަރަންޏެއް ވެސް ނެތްކަން ވަނީ ހާމަވެފައެވެ.

ހަމައެއާއެކު، ރައީސް ޑރ. މުޢިއްޒުގެ މާލީ ބަޔާނަށް ބަލާއިރު، ނިމިދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެމަނިކުފާނަށް ތިން މަސްދަރަކުން ޖުމްލަ 705،024 ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަތް 285،024 ރުފިޔާ އާއި، ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯހައުސްއެއް ކުއްޔަށް ދޫކުރައްވައިގެން ލިބުނު 240،000 ރުފިޔާގެ އިތުރުން، އާއިލާގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ލިބިވަޑައިގަތް 180،000 ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.