ހއ. ފިއްލަދޫ ކައުންސިލްގެ ރައީސަށް ހުވާލައިދެއްވީ އަނބިކަނބަލުން

ހއ. ފިއްލަދޫ ކައުންސިލްގެ ރައީސަށް ހުވާލައިދެއްވީ އަނބިކަނބަލުން

Author
އަހުމަދު
18 މެއި 2026 09:53
0

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި މެންބަރުން މަގާމުގެ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ހއ. ފިއްލަދޫގައި ވަރަށް ތަފާތު އަދި ޚާއްސަ މަންޒަރެއް ފެނިގެން ހިނގައްޖެއެވެ. އެގޮތުން އެރަށު ކައުންސިލްގެ އާ ރައީސަށް މަގާމުގެ ހުވާލައިދެއްވީ އޭނާގެ އަނބިކަނބަލުންނެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދަށް ހުވާލައިދެއްވީ، އެ ރަށު ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އޭނާގެ އަނބިކަނބަލުން އައިޝަތު ފަރީދާއެވެ. ފަރީދާ އެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދެކަނބަލުންނަކީ ވެސް ޝަރީއާ އެންޑް ލޯއިން ޑިގްރީ ހާސިލްކުރައްވައިގެން ތިއްބެވި ދެ ބޭފުޅުންނެވެ.

މީގެ އިތުރުން، މިފަހަރުގެ އިންތިޚާބަކީ ފިއްލަދޫއަށް ސިޔާސީ ގޮތުންވެސް ތާރީޚީ އިންތިޚާބެކެވެ. އެރަށު ކައުންސިލްގެ ތިން ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑިވެސް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ފިއްލަދޫގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެއް ޕާޓީއަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.