އެމްޑަބްލިޔުއެސްސީގެ ބޯޑުގެ ޗެއާމަންކަމުން ޝަމްހޫޒާ ވަކިކުރައްވައިފި

އެމްޑަބްލިޔުއެސްސީގެ ބޯޑުގެ ޗެއާމަންކަމުން ޝަމްހޫޒާ ވަކިކުރައްވައިފި

Author
އަހުމަދު
17 މެއި 2026 02:40
0

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ބޯޑުގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި ސ. ފޭދޫ ނާޒުކީގޭ ޝަމްހޫޒާ އަހުމަދު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ހާމަކޮށްފައިވާއިރު، ޝަމްހޫޒާ ޗެއާމަންކަމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ވަކިކުރެއްވި ވަކި ސަބަބެއް އެ ބޯޑުން އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާ އެމްޑަބްލިޔުއެސްސީގެ ޗެއާމަންކަމަށް އައްޔަންކުރެއްވީ 26 ޑިސެމްބަރު 2023 ގައެވެ.

ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ގަވަރނަންސްގެ ދާއިރާއިން ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ޝަމްހޫޒާއަކީ މިހާރުވެސް މާލޭ ސިޓީ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ތައުލީމީ ރޮނގުން އޭނާ ވަނީ އެވިޑް ކޮލެޖުން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަކުރައްވައި، އެމްއައި ކޮލެޖުން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވާފައެވެ.

ފަހަކަށް އައިސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ޕީސީބީން ދަނީ އެކި ބަދަލުތައް ގެންނަމުންކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.