މޫސުން ގޯސްވެ، ހއ. އިން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ، ހއ. އިން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފި

Author
އަހުމަދު
16 މެއި 2026 04:01
0

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:15 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް އާދަޔާޚިލާފަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިގޮތަށް މޫސުން ގޯސްވުމާ ގުޅިގެން، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން، ރޭގަނޑު ދަތުރުކުރާ ފަރާތްތަކާއި، ޑައިވިންގ އަދި މޫދު ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ވަރަކަށް ކަނޑުދަތުރު ނުކުރުމަށް ވެސް ސަލާމަތީ ބާރުތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.