އިންޑިއާގެ ގަލެކްސްއައި އިން ދުނިޔޭގެ ފުރަތަމަ އޮޕްޓޯސާރ ސެޓެލައިޓް ޖައްވަށް ފޮނުވާލައިފި

އިންޑިއާގެ ގަލެކްސްއައި އިން ދުނިޔޭގެ ފުރަތަމަ އޮޕްޓޯސާރ ސެޓެލައިޓް ޖައްވަށް ފޮނުވާލައިފި

Author
އަހުމަދު
04 މެއި 2026 10:32
0

އިންޑިއާގެ ޖައްވީ ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ ގަލެކްސްއައި އިން ދުނިޔޭގެ ފުރަތަމަ އޮޕްޓޯސާރ (OptoSAR) ސެޓެލައިޓް "މިޝަން ދްރިޝްޓީ"، އެމެރިކާގެ ކެލިފޯނިއާއިން ސްޕޭސްއެކްސްގެ ފެލްކަން 9 ރޮކެޓުގައި ޖައްވަށް ފޮނުވާލައިފިއެވެ. 190 ކިލޯގްރާމްގެ ބަރުދަން ހުރި މި ސެޓެލައިޓަކީ އިންޑިއާގެ އަމިއްލަ ކުންފުންޏަކުން މިހާތަނަށް އުފެއްދި ދުނިޔެ މޮނިޓަރކުރާ (އާތު އޮބްޒަވޭޝަން) އެންމެ ބޮޑު ސެޓެލައިޓެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި، އިންޑިއާގެ ނައިބު ރައީސް ސީ.ޕީ ރާދާކްރިޝްނަން އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ގަލެކްސްއައި އަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ އިންޑިއާގެ ޖައްވީ އަދި އީޖާދީ ދަތުރުގައި ހާސިލުކުރެވުނު ވަރަށް މުހިންމު ލަނޑުދަނޑިއެއްކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ މެސެޖުގައި ވިދާޅުވީ، ކޮންމެ މޫސުމެއްގައިވެސް، 24 ގަޑިއިރު ދުނިޔެ މޮނިޓަރކުރުމުގެ ގާބިލުކަން ލިބިފައިވާ "މިޝަން ދްރިޝްޓީ" އަކީ އިންޑިއާގެ ކޮމާޝަލް ސްޕޭސް އީކޯސިސްޓަމަށް އެޅުނު ވަރަށް ފާހަގަކޮށްލެވޭ ފިޔަވަޅެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، މި ސެޓެލައިޓް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލުމަކީ ޒުވާނުންގެ ހިތްތަކުގައި އީޖާދުކުރުމަށާއި ގައުމު ބިނާކުރުމަށް އޮތް ޝައުގުވެރިކަމާއި ޖޯޝު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.