މުޅިން އަލަށް 39 ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވައިފި

މުޅިން އަލަށް 39 ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވައިފި

Author
އަހުމަދު
01 މެއި 2026 08:08
0

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށްޓަކައި، މުޅިން އަލަށް 39 ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މުޅި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިވަގުތުވެސް ސިއްހީ ދާއިރާއާ ގުޅުންހުރި 159 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށާއި، އޭގެ ތެރޭގައި އަލަށް ބިނާކުރާ 39 ހޮސްޕިޓަލެއްގެ މަސައްކަތް ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އުމްރާނީ ގޮތުން ސިއްހީ ދާއިރާއަށް ގެންނަ ތަރައްގީގެ އިތުރުން، އެތަންތަން ހިންގުމަށް ބޭނުންވާ ގާބިލު އިންސާނީ ވަސީލަތްތައް ބިނާކުރުމަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޚާއްސަކޮށް، މިވަގުތު ފަންނީ ދިވެހިން މަދު ދާއިރާތަކަށް މީހުން ބިނާކޮށް ހޯދުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ފަށާފައިވާ މި ބޮޑެތި މަޝްރޫއުތައް ނިމުމުން، ރާއްޖޭގެ ސިއްހީ އަދި އިޖުތިމާއީ ދާއިރާއަށްވެސް އިންގިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ގީލާ ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.