ޝިޢާއުގެ މަރުގެ މައްސަލަ: ޝާހިލް ބޭނުންކުރި ކަމަށް ބުނާ ވަޅިތަކާއި އަންނައުނު ކޯޓުގައި ދައްކާލައިފި

ޝިޢާއުގެ މަރުގެ މައްސަލަ: ޝާހިލް ބޭނުންކުރި ކަމަށް ބުނާ ވަޅިތަކާއި އަންނައުނު ކޯޓުގައި ދައްކާލައިފި

Author
އަހުމަދު
27 އޭޕްރިލް 2026 06:23
0

މާލޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފ. ނިލަންދޫ، ފިނިފެންމާގޭ ޢަލީ ޝާހިލް ބޭނުންކުރި ކަމަށް ބުނާ ވަޅިތަކާއި އަންނައުނު މިއަދު ކްރިމިނަލް ކޯޓުގައި ދައްކާލައިފިއެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދާ މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، ޝާހިލް އަމިއްލައަށް ބޭނުންވެގެން ކޯޓަށް ހާޒިރުކޮށް ދައްކާފައިވަނީ އޭނާ ބޭނުންކުރި ކަމަށް ބުނާ ތިން ވަޅިއަކާއި، ހާދިސާ ހިނގި ދުވަހު އޭނާ ލައިގެން ހުރި ޓީޝާޓާއި ސޯޓެވެ. މީގެ އިތުރުންވެސް މައްސަލައާ ގުޅޭ އެހެނިހެން ބައެއް މާއްދީ ހެކިތައް މިއަދު ކޯޓުގައި ވަނީ ދައްކާލާފައެވެ.

ކްރިމިނަލް ކޯޓުން މަޢުލޫމާތު ދިން ގޮތުގައި، މި ހެކިތައް ދައްކައި އެކަމާ ގުޅޭގޮތުން ވާހަކަދައްކައި ނިމުނުއިރު ވަގުތު ފަހަނައަޅައި ގޮސްފައިވާތީ، މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ. ނަމަވެސް މި މައްސަލައިގެ ހުކުމް މި މަހުގެ ތެރޭގައި އިއްވުމަށް ކޯޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޮގަސްޓް 6، 2022 ގައި ހ. ޝީރީންވިލާ ގޭގައި އުމުރުން 22 އަހަރުގެ ޝިޢާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި އޭނާގެ ފުރާނަ ގޮސްފައިވަނީ ޝާހިލް ދިން އަނިޔާތަކުގެ ސަބަބުންކަން ފުލުހުން ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝާހިލްގެ މައްޗަށް އުފުލާފައިވާ އިތުރު ސިއްރު ދައުވާތަކެއް ސާބިތުވެ، މި މަހުގެ 14 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.