ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، އޭނާ ދިރިއުޅޭ ގޭތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ސޯސަންގެ، އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފުފުޅެވެ. އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދެ ދުވަސް ވީފަހުންނެވެ.
މި ރިޕޯޓާ ގުޅިގެން ރޭ 9:53 ހާއިރު ފުލުހުން ވަނީ އޭނާ ދިރިއުޅެމުންދިޔަ ގެއަށް ވަދެފައެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، ކުއްލި މަރަކަށް ވުމާއެކު މިކަމުގައި ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ