ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

Author
އަހުމަދު
25 އޭޕްރިލް 2026 01:08
0

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި ވޯޓުލުން މާލޭގައި ކަލާފާނު ސްކޫލުގައި ކުރިއަށްދާއިރު، އައްޑޫ ސިޓީގައި ވޯޓުލުން ކުރިއަށްދަނީ ހިތަދޫ ސްކޫލުގައެވެ. ޖުމްލަ 727 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި ޕްރައިމަރީގައި ވާދަކުރައްވަނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯނަކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ ކޯޓު ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީ، ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން މި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެމްޑީޕީގެ ޓިކެޓަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، އޭނާއަށް ޓިކެޓު ވަނީ ޕްރައިމަރީއަކާ ނުލައި ކަށަވަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.