ހުޅުމާލޭ ރީތިގަސް ރެސިޑެންސްގެ ދެ ޔުނިޓެއް ކުއްޔަށް ދޫކުރަން އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭ ރީތިގަސް ރެސިޑެންސްގެ ދެ ޔުނިޓެއް ކުއްޔަށް ދޫކުރަން އެޗްޑީސީން ހުޅުވާލައިފި

Author
ޙަސަން މުޙައްމަދު
16 އޭޕްރިލް 2026 12:38
0

ހުޅުމާލޭގެ ރީތިގަސް ރެސިޑެންސްގައި ހިމެނޭ ކޮމާޝަލް ވެލްނަސް ސެންޓަރަކާއި ބުކްޝޮޕް ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

މި ދެ ޔުނިޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މީގެ ތެރެއިން ބުކްޝޮޕް ޔުނިޓް ހުންނާނީ ރީތިގަސް ރެޒިޑެންސްގެ ދެވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައެވެ. މިއީ 1،030.75 އަކަފޫޓުގެ ޖާގައެކެވެ. މި ޔުނިޓަށް އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރި-ޕްރޮޕޯސަލް ބައްދަލުވުން މި މަހުގެ 19 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޔުނިޓަށް ބިޑް ހުށަހެޅުން މޭ މަހުގެ 5 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އިން 2:00 އަށް ކުރިއަށްދާއިރު، ބިޑް ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 2:00 ގައެވެ.

މީގެ އިތުރުން، ކުއްޔަށް ދޫކުރުމަށް އިއުލާނުކޮށްފައިވާ ވެލްނަސް ސެންޓަރު ޔުނިޓަކީ އެ ތަނުގެ ތިންވަނަ ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ 1،931.07 އަކަފޫޓުގެ ބޮޑު ޔުނިޓެކެވެ. މި ޔުނިޓަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރި-ޕްރޮޕޯސަލް ބައްދަލުވުން ވެސް ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. މި ޔުނިޓަށް ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މޭ 7 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އިން 2:00 އަށެވެ. އަދި ބިޑް ހުޅުވުން އެ ދުވަހުގެ މެންދުރުފަހު 2:00 ގައި އޮންނާނެ ކަމަށް އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.