އެއްވަރުވި 5 ދާއިރާގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ފޮށި ބަހައްޓަނީ

އެއްވަރުވި 5 ދާއިރާގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ފޮށި ބަހައްޓަނީ

Author
ހުސައިން
13 އޭޕްރިލް 2026 10:50
0

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު އެއްވަރުވި 5 ދާއިރާއެއްގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށްދާނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށެވެ. އެގޮތުން ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުން އޮންނާނީ ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށާއި، ފުވައްމުލައް ސިޓީގެ ދަޑިމަގު ދާއިރާގެ ގޮނޑިއަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމަށާއި، ހދ. ނޭކުރެންދޫގެ އިތުރުން ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދާއިރާތަކަށް ނިސްބަތްވާ ރަށްރަށާއި ސިޓީތަކުގެ އިތުރުން މާލެ ސިޓީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.