ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނިއްޖެ

ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނިއްޖެ

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 10:48
0

ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ މުޙައްމަދު ޠާހާ (ދަފްތަރު ނަންބަރު ރސ 5268 / މާލެ) އެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އިއްޔެ ހެނދުނު 08:55 ހާއިރު ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުން އޭނާ ހައްޔަރުކުރީ، މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާ ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް ފެނިގެން ހުއްޓުވުމަށްފަހުގައެވެ.

އެ ސައިކަލު ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓެއް ވަނީ ފެނިފައެވެ. މި ޕެކެޓުގައި ހުރި ތަކެތީގެ ވަގުތީ ބަރުދަނަކީ 5.14 ގްރާމް ކަމަށް ފުލުހުން ބުނެއެވެ.

މިހާރު ފުލުހުން ވަނީ އޭނާ ދުއްވި ސައިކަލު ޓޯކޮށް، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.