ޑރ. ސަލްމާގެ ވަޒީފާ އިޔާދަކޮށް، ފޮރިން މިނިސްޓްރީގެ މަސައްކަތަކަށް މާލެ ގެންނަނީ

ޑރ. ސަލްމާގެ ވަޒީފާ އިޔާދަކޮށް، ފޮރިން މިނިސްޓްރީގެ މަސައްކަތަކަށް މާލެ ގެންނަނީ

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 02:41
0

ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރިތާ ދެ ދުވަސް ފަހުން، އެ ނިންމުން ބަދަލުކޮށް ފޮރިން މިނިސްޓްރީގެ މަސައްކަތަކަށް މާލެ ގެންނަން ސަރުކާރުން ނިންމައިފިއެވެ.

މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޑރ. ސަލްމާ އާއި އަސްމާގެ ދަރިފުޅު، ޔޫއޭއީގައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިދިޔަ ހޯމަ ދުވަހު މަގާމުން ވަކިކުރީ ސަރުކާރަށް ފާޑުކިޔާފައިވާ އޯޑިއޯއެއް ލީކުވި މައްސަލައާ ގުޅިގެންނެވެ. އެ އޯޑިއޯގައި އަސްމާ ވެސް ހިމެނޭހެން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް، އޭގެ ދެ ދުވަސް ފަހުން ސަލްމާގެ ގާތްފަރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު މިހާރު ވަނީ ކެންސަލްކޮށްފައެވެ. އޭނާ އަދިވެސް ހުންނެވީ ޖެނީވާގައެވެ. އަދި މިހާރު ހަމަޖެހިފައިވަނީ ޚާރިޖީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސަލްމާ، މިނިސްޓްރީގެ އެހެން މަސައްކަތްތަކަކަށް މާލެ ގެނައުމަށެވެ.

މި ބޭފުޅުން މަގާމުން ވަކިކުރުމާއި އަލުން ވަޒީފާ އިޔާދަކުރުމުގެ ކަންތައްތައް ހިނގާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.