ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންނަށް ފެންނަ ގޮތެއް ކަނޑައެޅުމަށް މިއަދު ކުރިއަށްދާ ވޯޓުގައާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފިއެވެ.
މިއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާމެދު ގޮތެއް ނިންމުމަށް ނެގޭ މުހިންމު ވޯޓެކެވެ. ރައީސް މުޢިއްޒު މިއަދު ވޯޓުލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.
ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިފައިވާ އަސާސީ އަދި ޤާނޫނީ ޙައްޤެއްކަން ފާހަގަކުރައްވާފައެވެ. އަދި ޤައުމުގެ ކަންކަން ނިންމުމުގައި ވީހާވެސް ގިނަ ރައްޔިތުން ނުކުމެ އެމީހެއްގެ ޤާނޫނީ ޙައްޤު އަދާކޮށް، މިއަދުގެ ވޯޓުގައި ބައިވެރިވުމަށް ރައީސް ވަނީ ވަރަށް ބޮޑަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ