ސިޓީތަކުގައި އީދު ލައިޓު ހަރުކުރަން މިއަހަރު ޚަރަދު ކުރީ 8 މިލިއަން ރުފިޔާ

ސިޓީތަކުގައި އީދު ލައިޓު ހަރުކުރަން މިއަހަރު ޚަރަދު ކުރީ 8 މިލިއަން ރުފިޔާ

Author
ޙަސަން މުޙައްމަދު
01 އޭޕްރިލް 2026 12:30
0

މިއަހަރުގެ ފިތުރު އީދާ ގުޅިގެން ރާއްޖޭގެ ސިޓީތަކުގައި ހަރުކުރި އީދު ލައިޓުތަކަށް 8 މިލިއަން ރުފިޔާ ޚަރަދުވެއްޖެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ސަރުކާރުން މިއަހަރު ނިންމީ މާލެ ހިމެނޭހެން ހަމައެކަނި ސިޓީތަކުގެ ވަކި ސަރަހައްދުތަކެއްގައި އެކަނި ލައިޓުތައް ހަރުކުރުމަށެވެ. ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ވިދާޅުވީ، އަށް މިލިއަން ރުފިޔާ ޚަރަދުވީ ލައިޓުތައް ގެނެސް ހަރުކުރުމުގެ މަސައްކަތަށް ކަމަށެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން، ކުރިން ބޭނުންކޮށްފައި ހުރި ބައެއް ލައިޓުތައް ވެސް މިފަހަރު ބޭނުންކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އީދު ފާހަގަކުރުމަށް ލައިޓުތައް ދިއްލައި ޒީނަތްތެރި ކުރުމަކީ ރައްޔިތުންނަށް އީދުގެ އުފާވެރިކަން ގެނެސްދިނުމުގެ މަގުސަދުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފިތުރު އީދުގައި 65 ރަށެއްގައި ލައިޓުތައް ހަރުކޮށްފައިވާއިރު، އޭގެ ތެރެއިން 36 ރަށަކަށް ލައިޓު ގެނައުމަށް އެކަނިވެސް 28 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުރިކީލަ
އަސްލު ތިވަރު ވެގެންނުވާނެ، އެއީ ކުރިން ބޭނުންކުރި ލައިޓްތައް ކަރަންޓަށް ގުޅާލަން އެހާގިނަ ފައިސާއެއް ޚަރަދު ނުވާނެކަމަށް ޤަބޫލުނުކުރެވޭތީ، ނޫނީ ކައުންސިލްތަކުން އޮޅުވާލައިގެން ސަރުކާރުން ބަޖެޓް ހޯދަނީ. އެބަޖެހޭ ކުޑަކޮށް ބަލާލަން.