ށ. ބިލެތްފަހީގައި ކުރިއަށްދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުގެ ސިވިލް މަސައްކަތްތަކަށް ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ ކަމަށްވާ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ސިވިލް މަސައްކަތްތަކަށް ބޭނުންވާ މެޓީރިއަލްސް މިހާރު ވަނީ އެރަށަށް ގެންދެވިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ އެ ތަކެތި އުޅަނދުތަކުން ބާލައި، ސައިޓަށް ޖަމާކުރުމުގެ މަސައްކަތެވެ.
މި ތަކެތި ސައިޓަށް ގެންދެވިފައިވުމާއެކު، މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެކަމަށް ބެލެވެއެވެ.
ށ. ބިލެތްފަހީގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން، އެރަށުގެ ރައްޔިތުންނަށް ޒަމާނީ ފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދު ކުރެވެއެވެ.
ކޮމެންޓު ފޮނުވާ