ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ހުކުމް އިއްވުން އަންނަ މަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
އޮކްޓޫބަރު 2021 ގައި ހިނގި މި ހާދިސާއާ ގުޅިގެން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، މި ކަމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ލަމްހާގެ މައްޗަށެވެ. މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް މިދިޔަ ހަފުތާގައި ކޯޓުން ނިންމާލާފައިވާއިރު، މައްސަލައިގެ ނިހާއީ ހުކުމް އިއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މާވިން ވަނީ ޖަލުގައި ހުރެ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން 'ޔޫސުފް' އަށް ބަދަލުކޮށްފައެވެ. މާވިން އިސްލާމްވިކަން އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ރަސްމީކޮށް ކޯޓަށް އަންގާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ބަންދުގައި ހުރި ލަމްހާގެ މައްޗަށް ދައުލަތުން ވަނީ އެހެނިހެން އިތުރު ދައުވާތަކެއްވެސް އުފުލާފައެވެ.
ކޮމެންޓު ފޮނުވާ