ގދ. ފަރެސްމާތޮޑާ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

ގދ. ފަރެސްމާތޮޑާ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

Author
ޙަސަން މުޙައްމަދު
28 މާރޗް 2026 08:18
0

ގދ. ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މުހިންމު މަޝްރޫޢުގެ އަމަލީ މަސައްކަތް އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގެ 11.5 ކިލޯމީޓަރުގެ 36 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެ މަގުތަކުގައި ދުއްވާ ސަރަޙައްދު ކަނޑައަޅައި ހެދުމާއި، ހިނގާ މީހުންނަށް ޚާއްޞަކޮށްގެން ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މީގެ އިތުރުން ވާރޭވެހުމުން މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި ސަރވިސް ލައިން އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން 255.21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 1140 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.