ހުޅުމާލެ ފޭސް އެކަކުން ގިނަ އަދަދެއްގެ ވޭޕްތަކަކާއެކު ފުލުހުން ހުއްޓުވި މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ފުލުހުންގެ ކްރައިމް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހުޅުމާލެ ފޭސް އެކެއްގެ ސްޕެޝަލް އެންފޯސްމަންޓް ޓީމާ ގުޅިގެން މި މާޗު މަހުގެ 20 ވަނަ ދުވަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލޭގެ ޗަނބޭލީ މަގުން ދެ މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭގެ ތެރެއިން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ގިނަ އަދަދަކަށް ވޭޕް ގެންގުޅުނު މީހާ ޖޫރިމަނާކުރުމަށްފަހު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ