ވައިގެ މަގުން ރާއްޖެއަށް 9.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެ މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުކުރު ދުވަހު މޯލްޑިވްސް ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ޔުތިޝް ރާޖް ރާޖަން އާއި 24 އަހަރުގެ އީޝްވަރުމުރިތީ ޝަންމުގަމް އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި، މި މީހުންގެ އަތުން އަތުލައިގަނެފައިވަނީ 4،296،000 ރުފިޔާގެ އަގުހުރި ފަސް ކިލޯއަށްވުރެ ގިނަ ކެނަބިސް ފަތާއި، 5،272،000 ރުފިޔާގެ އަގުހުރި ހަ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލްއެވެ. މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި ދެ މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ