ހުޅުމާލޭގައި އިމާރާތްކުރާ 1224 ހައުސިންގ ޔުނިޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް ރައީސް އެދިވަޑައިގެންފި

ހުޅުމާލޭގައި އިމާރާތްކުރާ 1224 ހައުސިންގ ޔުނިޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް ރައީސް އެދިވަޑައިގެންފި

Author
ހުސައިން
22 މާރޗް 2026 08:33
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢުގައި 1224 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާ މެޝީނަރީ އިންޖިނޭރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސައިޓަށް ރައީސް ޒިޔާރަތްކުރެއްވީ، ރޭ ބޭއްވި މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހުގައެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ އަމަލީ މަސައްކަތް ފެށުމަށް ސީއެމްއީސީން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލުތައް އޮޅުންފިލުއްވާފައެވެ. އަދި އެއްވެސް މަޑުޖެހުމެއްނެތި، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވަނީ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސްގެ މި އެދިވަޑައިގަތުމާ ގުޅިގެން، ސީއެމްއީސީގެ ވެރިން ވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމާނެކަމުގެ ޔަޤީންކަން ރައީސަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، މަޝްރޫޢަށް ފައިސާ ހަމަޖައްސައިދިން ބީއެމްއެލްގެ އިސްވެރިންނާއި، ސީއެމްއީސީގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.