މިއަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް

މިއަހަރުގެ ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް

Author
ހުސައިން
18 މާރޗް 2026 08:32
0
މިއަހަރުގެ ޝައްވާލު މަހުގެ ހަނދު މިރޭ ސައުދީ އަރަބިއްޔާއަށްވެސް ނުފެންނާތީ، ފިތުރު އީދު ދުވަހަކީ މިމަހުގެ 20 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
ސައުދީ ސަރުކާރުން ބުނިގޮތުގައި މާދަމާ، ބުދަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، އެއްވެސް އިސްލާމީ ގައުމަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.
ރާއްޖޭގެ ރަސްމީ ކަލަންޑަރުގައިވެސް ފިތުރު އީދު ވަނީ  ހުކުރު ދުވަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.