ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 106 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 106 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

Author
ހުސައިން
16 މާރޗް 2026 12:19
0

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 106 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެއެވެ.

ދުނިޔޭގެ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު 2.9 އިންސައްތަ އުފުލި، ފީފާއެއްގެ އަގު މިހާރު ހުރީ 106.12 ޑޮލަރުގައެވެ. އަދި އެމެރިކާގެ ތެޔޮ ފީފާއެއްގެ އަގުވެސް ވަނީ 2.6 އިންސައްތައިގެ ކުރިއެރުމަކާއެކު 101.53 ޑޮލަރަށް އަރާފައެވެ. ހަކަތައިގެ ދާއިރާގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި އަސްކަރީ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބުރޫއަރައިފިނަމަ ކުރިއަށް އޮތްތަނުގައިވެސް އަގުތައް އިތުރަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ފޯސްއިން މި މަހުގެ ތިންވަނަ ދުވަހު ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާއިރު، މިއީ ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ އެންމެ މުހިންމު އެއް މަގެވެ. ފާއިތުވި ދެ ހަފްތާއެއްހާ ދުވަހު އެމެރިކާއާއި އިސްރާއީލުން އިސްވެ އޮވެ އީރާނުގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން، ތެޔޮ ޓޭންކަރުތަކަށް ދަތުރުނުކުރެވި ދުނިޔޭގެ ގިނަ ގައުމުތަކަކަށް ތެޔޮ ލިބުމުގައި މިހާރުވެސް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.