މާލޭގައި ހުންނަ މަސްޖިދުއްޒިކުރާގެ ބިމުގައި ބިނާކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި

މާލޭގައި ހުންނަ މަސްޖިދުއްޒިކުރާގެ ބިމުގައި ބިނާކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި

Author
ޙަސަން މުޙައްމަދު
15 މާރޗް 2026 11:32
0

 

މާލޭގައި ހުންނަ 'މަސްޖިދުއްޒިކުރާ' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ އަޅުއްވައިދެއްވައިފިއެވެ.

އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ތިން ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތަކީ މާލެ ސަރަޙައްދުގައި ހުންނަ އެންމެ ޖާގަ ތަނަވަސް އެއް މިސްކިތަށް ވެގެންދާނެއެވެ. ނަމާދުކުރާ ފަރާތްތަކަށް އަރައިފޭބުމަށް ފަސޭހަކުރުމުގެ ގޮތުން މި މިސްކިތުގައި ލިފްޓު ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ނިންމާފައިވެއެވެ.

މި އާ މިސްކިތް ބިނާކުރުމަކީ، މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އާ މިސްކިތްތަކެއް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.