އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން، އިޒްރޭލުގެ އިތުރުން އިރާގާއި ކުވެއިތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ފަނާކުރަނިވި ހަމަލާތަކެއް ދީފިއެވެ.
ރިވޮލިއުޝަނަރީ ގާޑުން އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ތެލް އަވީވްގެ ސިނާއީ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ބަރު މިސައިލްތަކުގެ ސަބަބުން އިޒްރޭލަށް ވަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހަމަލާތަކުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާކަމަށް އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުންވެސް ވަނީ އެއްބަސްވެފައެވެ. އަދި މެދުނުކެނޑި އެމްބިއުލާންސްތަކުގެ ސައިރަންގެ އަޑު އިވެމުންދިއުމަކީ މި ހަމަލާގެ ނުރައްކާތެރިކަމާއި ލިބުނު ގެއްލުމުގެ ފުންމިން ހާމަކޮށްދޭ ކަމެއްކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އީރާނުން ވަނީ ޒަމާނީ ޑްރޯންތަކާއި ބާރުގަދަ މިސައިލްތައް ބޭނުންކޮށްގެން އެމެރިކާގެ ތިން އަސްކަރީ މަރުކަޒެއް އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިރާގުގައި ހުންނަ ހަރީރު އެއާބޭސްގެ އިތުރުން، ކުވެއިތުގައި އެމެރިކާ ސިފައިން ގާއިމުވެ ތިބޭ އަލީ އަލް ސާލިމް އަދި އާރިފްޖާން މަރުކަޒެވެ.
ކޮމެންޓު ފޮނުވާ