އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ގޮސް ހުރި ދިވެހި އުމްރާވެރިޔަކު މިރޭ ނިޔާވެއްޖެއެވެ.
މި ދަތުރުގައި ނިޔާވެފައިވަނީ ގދ. ނަޑައްލާއަށް ނިސްބަތްވާ އަލީ އިބްރާހީމް ދީދީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އުމްރާގެ އަޅުކަމަށް ފުރާފައިވަނީ ހިޖާޒު އުމްރާ ގުރޫޕްގެ ހަވާލުގައެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، އަލީ އިބްރާހީމް ދީދީގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭގެ ފަތިސް ނަމާދަށްފަހު މައްކާގެ މަސްޖިދުލް ޙަރާމްގައެވެ.
ކޮމެންޓު ފޮނުވާ