މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން 34 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށު އަޅިވިލާގެ، އަސްރަފް ޔޫސުފް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ކުރެވުނު ތުހުމަތަކާ ގުޅިގެންނެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މިރޭގެ ވަގުތެއްގައި އޭދަފުށީ މަގުމަތިން އޭނާ ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް އޭނާގެ އަތުން ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ