މި އަހަރުގެ ފުރަތަމަ ދެ މަހު ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 447 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ހަތް ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރު ހަމަ އެ ދެ މަހުގެ ތެރޭގައި ހޭދަ ކޮށްފައި ވަނީ 483 މިލިއަން ރުފިޔާ އެވެ.
ޕީއެސްއައިޕީ ހަރަދުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ހޭދަ ކޮށްފައިވަނީ އެއާޕޯޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާ 161 މިލިއަން ރުފިޔާ އެވެ. ކަރަންޓާއި ހަކަތައިގެ ނިޒާމުތަކަށް 75 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، ބިން ހިއްކުމުގެ މަޝްރޫއުތަކަށް 55 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.
ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވަނީ 8.3 ބިލިއަން ރުފިޔާ އެވެ. ފުރަތަމަ ދެ މަހު ދައުލަތުގެ ބަޖެޓުން ޖުމްލަ 6.9 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، އޭގެ ތެރެއިން ސަރުކާރު ހިންގުމާއި މުވައްޒަފުންގެ މުސާރަތަކަށް ހޭދަ ކޮށްފައިވަނީ 5.9 ބިލިއަން ރުފިޔާ އެވެ.
ކޮމެންޓު ފޮނުވާ